އިންޑިއާއާއެކު އޮންނަ އެކުވެރި ގުޅުމަކީ މިނިވަންކަމާއި ސިޔާދަތާއި ތަރައްޤީއަށް ފައިދާހުރި ގުޅުމެއް ކަމުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތަކާއި ދެމުންދާ ލޯނުތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވަމުން މިނިސްޓަރ މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އެހީ ބޭނުންވާ ވަގުތުތަކުގައި އިންޑިއާގެ ފަރާތުން ޚާއްސަ އެހީތެރިކަން ލިބިފައިވާކަމަށެވެ.
އެގޮތުން 3 ނޮވެމްބަރުގެ ހާދިސާގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމުގައި ލިބުނު އެހީތެރިކަމާއި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިޘާގެ ވަގުތުގައިވެސް އިންޑިއާއިން ލިބުނު ކުއްލި އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19 ގެ މިދަނޑިވަޅުގައިވެސް އިންޑިއާއިން ވަމުން ގެންދާ އެހީތެރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދުއޮތް ގާތްގުޅުމާއި އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތެރި ކަމާމެދު އެއްވެސް ފަރާތަކަށް ދެކޮޅުހެދެން ނޯންނާނެކަމަށެވެ.
މިނިސްޓަރ މާރިޔާގެ ޓުވީޓް ރިޓުވީޓްކުރައްވައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް އޮންނާނީ ދިވެހިރާއްޖެއާ އެކުގައިކަމަށެވެ. އިންޑިއާގެ ސަފީރު ވިދާޅުވީ ތާރީޚާއި ޘަޤާފީގޮތުން ދެޤައުމުގެ ރައްޔިތުންގެ މެދުގައިއޮތް ގުޅުމަކީ ޒަމާންވީ ގުޅުންތަކެއްކަމަށެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށްދިނުމަށް ވަނީ ނިންމާފައެެވެ. އަދި ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް 500 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށްވެސް އިންޑިޔާއިން ވަނީ ނިންމާފައެވެ.
އަދި އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވީނަމަވެސް، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ހާލުދެރަ ބަލިމީހުންނަށް ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އެޤައުމުން ވަނީ ފަހިކޮށްދީފައެވެ. އަދި މި އެހީތެރިކަމުގެ ދަށުން ގިނަ އަދަދެއްގެ ދިވެހިން މިހާރުވެސް ދަނީ އިންޑިއާގައި ފަރުވާ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު