މަސްތުވާތަކެތީގެ ވިޔަފާރިކުރި މައްސަލައިގައި ކުރި ޖޫރިމަނާ 16 އަަހަރަށް ބަހާލައިގެން ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ހުކުމް އިއްވީ ހއ. ބާރަށް/ ލައިލަކްސް، މުހައްމަދު އިސްތަފާގެ މައްޗަށެވެ.
މަސްތުވާތަކެއްޗާއެކު އިސްތަފާ ހައްޔަރުކުރީ 2017 ވަނަ އަހަރު އެވެ. އަދި ހަމަ އެ އަހަރު މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމުގެ ކުށް އިސްތަފާގެ މައްޗަށް ސާބިތުވެ އުމުރަށް ޖަލަށްލާން ހުކުމްކޮށް 100،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
ނަމަވެސް އެ ފައިސާ މިހާތަަނަށް ވެސް ދައްކާފައި ނުވާތީ އެ ފައިސާ ނަގައިދޭން މީރާއިން އޮތީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.
އެ މައްސަލައިގައި އިސްތަފާ ކޯޓުގައި އެދުނީ ކޮންމެ މަހަކު 250 ރުފިޔާ ދައްކަމުން ގޮސް ޖޫރިމަނާގެ ފައިސާ ހަލާސްކޮށް ދެއްކުމުގެ ފުރުސަތު ދިނުމަށެވެ.
ނަމަވެސް ސިވިލް ކޯޓުން އިއްޔެ ހުކުމް ކުރީ އަންނަ މަހުން ފެށިގެން ކޮންމެ މަހަކު 500ރުފިޔާ ދައްކަމުން ގޮސް 100،000 ރުފިޔާގެ ޖޫރިމަނާ ދައްކައި ހަލާސްކުރުމަށެވެ.
އެ ފައިސާ ގަވައިދުން ދައްކައި ހަލާސްކުރަން 16 އަހަރާއި އަށް މަސް ނަގާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު