ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރާއްޖޭގެ 88 ރަށެއްގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ 67 ޕްރޮޖެކްޓް ނިމިފައިވާ ކަމަށާއި، މިވަގުތު ވެސް 65 ޕޮރެޖެކްޓެއްގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީގެ 65 ޕްރޮޖެކްޓް މިހާރު ވެސް ކުރިއަށް އެބަދާ ކަމަށާއި އޭގެތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ 31 ޕޮރެޖެކްޓާއި ވޭސްޓް މެނޭޖްމަންޓްގެ 34 ޕްރޮޖެކްޓް ހިމެނޭ ކަމަށެވެ.

"އޭގެތެރޭގައި ކޯސްޓަލް ޕްރޮޑަކްޝަން ދެ ޕްރޮޖެކްޓް، ހާބަރގެ ނުވަ ޕްރޮޖެކްޓް ކުރިއަށް އެބަދޭ، ތައުލީމީ ދާއިރާގެ ދެ ޕްރޮޖެކްޓް ކުރިއަށް އެބަގެންދޭ." ފިނޭންސް މިިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން 6.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެކި ފަރާތްތަކަށް އެވޯޑް ކުރެވިފައިވާ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ސަރުކާރުގެ 233 ޕްރޮޖެކްޓް އެކި ފަރާތްތަކަށް އެވޯޑް ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ސަރުކާރުގެ ފަސް އަހަރާއި ސަރުކާރު ވެރިކަމާއި ހަވާލުވި މިވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ޓެންޑަރ ބޯޑުން އެވޯޑްކުރި ޕޮރެޖެކްޓްތައް އިތުރު ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވަނީ އެ ތަފްސީލްތައް ވެސް ހާމަކުރައްވާފައެވެ.

" 2020 ވަނަ އަހަރު ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ، 2019 ވަނަ އަހަރު ހަމައެކަނި ނޭޝަނަލް ޓެންޑަރ ބޯޑުން ގާތްގަނޑަކަށް 150 ޕްރޮޖެކްޓް އެވޯޑްކޮށް އެއީ 4.1 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އަޅުގަނޑުމެން އެވޯޑް ކޮށްފައިވާނެ. އޭގެ ކުރީގެ ސަރުކާރުގައި 2018 ވަނަ އަހަރު ހިންގީ 39 ޕްރޮޖެކްޓް. އެއީ 254 މިލިއަން ރުފިޔާ 2017 ގައި 53 ޕްރޮޖެކްޓް އެއީ 851 މިލިއަން ރުފިޔާ، 2016 ގައި 85 ޕްރޮޖެކްޓް އެއީ 1.7 ބިލިއަން ރުފިޔާ، 2015 ގައި 115 މިލިއަން ރުފިޔާ 2014 ގައި 1.6 ބިލިއަން ރުފިޔާ. އަޅުގަނޑުމެން ދެ އަހަރުވީއިރު އެބޭފުޅުން ނޭޝަނަލް ޓެންޑަރ ބޯޑުން އެވޯޑް ކުރި ޕްރޮޖެކްޓަށް ވުރެ ގިނަ ޕްރޮޖެކްޓް އަޅުގަނޑުމެން މިހާރު އެވޯޑްކޮށްފައިމިވަނީ." ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން