ަހަންޑެކެ ބުރިޖު
ަހަންޑެކެ ބުރިޖު
އައްޑޫގެ ހަންކެޑެ ބުރިޖު އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައި ހަންކެޑެ ބުރިޖުގެ މަސައްކަތް ނިންމައި އެ މަސައްކަތް ކުރި ކުންފުނިން ވަނީ ދިވެހި ސަރުކާރާ ބުރިޖު ހަވާލުކޮށްފައެވެ. އަދި ސަރުކާރުން ވަނީ ފާއިތުވި އަހަރުގެ ޖުލައި، ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހަށް ބުރި ހުޅުވާނެ ކަމަށްވެސް ބުނެފައެވެ. ނަމަވެސް މިހާތަނަށް ވެސް އެ ބުރިޖު ނުހުޅުވާ އޮތުމުން ފާޑުކިއުންތައް އޮތީ އަމާޒުވެފަ އެވެ.

ހަންކެޑެ ބުރިޖު ނުހުޅުވާ އޮތުމުން ހިތަދޫ އާއި ގަމާ ދެމެދު ކުރާ ދަތުރުތަކުގައި އަދިވެސް ބޭނުންކުރަން ޖެހެނީ ވެލިމަގެެވެ. ނަަމަަވެސް ވެލި މަގުގައި ވަޅުތައް ހެދި ވަރަށް ބޮޑަށް ޗަކަހެދިފައިވުމުން އެކަމުގެ ތަކުލީފު ބޮޑެވެ.

ފާޑުކިއުންތައް ބޮޑުވެފައި އޮއްވައި ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ ބުރިޖު އަންނަ ހޮނިހިރުގައި އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

ހަންކެޑެ ބުރިޖު މަޝްރޫއަކީ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ނިންމާފައިވާ މަޝްރޫއެކެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން