ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރަކަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީ މިއަދު ހަމަޖައްސައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ދީބާނާޒް އާއި ސ. ހުޅުދޫ ހެޕީޑްރީމް މުހައްމަދު މިސްބާހު އައްޔަން ކުރީ އެ ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ދެ ބޭފުޅުންނަށް ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. މިއީ ކްރިމިނަލް ކޯޓުގެ ގާޒީކަން އަންހެން ބޭފުޅަކު ކުރައްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދީބާނާޒަކީ ހައިލީ ރެކޮމެންޑެޑް ކަމަށް ކޮމެޓީން ފާހަގަ ކޮށްފައިވާ ބޭފުޅެއް ކަމަށެވެ. ދީބާނަޒަކީ 2008 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އުފެދުނީއްސުރެ ފެށިގެން އެ އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅެެކެވެ. އޮކްޓޫބަރު، 2012 ގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި ދީބާނާޒް އެ މަގާމުން އިސްތިއުފާ ދެއްވީ ނޮވެމްބަރު، 2013 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު