އެމެރިކާގެ ފިލަޑެލްފިއާގައި ކުޑަކުއްޖަކާއި އިތުރު ފަސް މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެއާ އެމްބިއުލާން ބޯޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

މި ހާދިސާގައި ވެއްޓިފައި ވަނީ ޖެޓް ރެސްކިއު އެއާ އެމްބިއުލާންސްގެ ބޯޓެކެވެ. އެ ކުންފުނިން ބުނީ ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވިކަން ކަށަވަރު ނުކުރެވޭ ކަމަށެވެ.

ބޯޓު ވެއްޓުމުގެ ހާދިސާއާއި ގުޅިގެން ފިލަޑެލްފިއާގެ މޭޔަރު ޗެރެލް ޕާކާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މި ހާދިސާގައި ބޯޓު ވެއްޓުނީ ގެތަކެއްގެ މައްޗަށް ކަމަށެވެ. އަދި މި ހާދިސާގައި ބައެއް ގެތަކާއި މަގުމަތީގައި ހުރި އުޅަނދުތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބޯޓު ވެއްޓިފައި މިވަނީ އެމެރިކާގައި މިފަދަ އެހެން ހާދިސާއެއް ހިނގާފައިވާތާ ދެ ދުވަސް ފަހުންނެވެ. އެގޮތުން މި ހަފްތާގެ ކުރީކޮޅު ވޮޝިންޓަން ޑީސީގެ ވައިގެ ތެރޭގައި 60 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިންނާއެކު ދަތުރުކުރި އެމެރިކަން އެއާލައިންސްގެ ޖެޓެއް، އަސްކަރިއްޔާގެ ހެލިކަޕްޓަރެއްގައި ޖެހި އެކްސިޑެންޓެއް ހިނގިއެވެ. ހެލިކަޕްޓަރުން ދަތުރުކުރި ތިން ސިފައިންނާއެކު ބޯޓުން ދަތުރުކުރި އެންމެންވެސް ވަނީ މަރުވެފައެވެ.

މީސް މީޑިޔާގައި މިހާރު މި ދެ މިހާދިސާގެ ވީޑިއޯތައްވެސް ދައުރުވަމުންދާއިރު އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ ހިނގި ގޮތް ދެނެގަތުމަށް ތަހުގީގެއް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން