ސްޓެލްކޯގެ މުވައްޒަފުން ޚިދުމަތުގައި
ސްޓެލްކޯގެ މުވައްޒަފުން ޚިދުމަތުގައި
ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެއިން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން މިއަދު ބުނީ މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި ދިމާވެފައިވާ މައްސަލަ ދެނެގަނެ އެކަން ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.

އޭގެއިތުރުން ސްޓެލްކޯއިން ބުނީ މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށެވެ.



“މިހާރު އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު، ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. މި ވަގުތު މާލޭގެ 75 އިންސައްތަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ވަނީ އަލުން ފޯރުކޮށްދެވިފައި. ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން.” ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭކަމަށްވެސް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން