ހިރިމަރަދޫ ކައުންސިލާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލު ކުރެއްވުން
ހިރިމަރަދޫ ކައުންސިލާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލު ކުރެއްވުން
ހދ. ހިރިމަރަދޫ ރައްޔިތުން އެއަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު ދާދިފަހުން ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ އާބާދީމަދު ބައެއް ރަށްތަކުގެ މީހުން އެހެން ރަށްރަށަށް ބަދަލުވާން ބޭނުންވޭތޯ ބަލަން ސާވޭއެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހީނާ ދެއްވާފައެއް ނުވެއެވެ.



ހިރިމަރަދޫ ކައުންސިލުން މީގެ ކުރިން ވަނީ އެރަށުގެ އާބާދީ މަދުވުމުގެ ސަބަބުން އަސާސީ ޚިދުމަތްތައް ލިބުމުގައި ދަތިވާތީ އެރަށުގެ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން ވެސް އެދިފަ އެވެ. އަދި އެކަމަށް ތުލުސްދޫ ކައުންސިލުން އޭރުވަނީ މަރުޙަބާވެސް ކިޔާފައެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ހިރިމަރަދޫގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން ނިންމާފައިވާއިރު، މ. ރަތްމަންދޫގެ ގިނަ ބަޔަކު ވެސް ވަނީ އާބާދީބޮޑު އެހެން ރަށަކަށް އެމީހުން ބަދަލުކޮށް ދިނުމަށް ސަރުކާރުގައި އެދިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން