ޓެކްނިކަލް މައްސަލަ ޙައްލުކޮށް މުޅި މާލެއަށް ކަރަންޓު ދީފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އެކުންފުނީގެ މައި އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށެވެ.
އެހެން ނަމަވެސް ދިމާވި މައްސަލަ ހައްލުކޮށް މިހާރު މުޅިމާލެއަށް ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށާއި ކަރަންޓުގެ ހިދުމަތް ނުލިބޭ ފަރާތެއް ވާނަމަ އެކުންފުނީގެ އެމަރޖެންސީ ހޮޓްލައިން 104 އަށް ގުޅުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭކަމަށްވެސް ބުނެފައެވެ.
ހަމައެއާއެކު ސްޓެލްކޯއިން ވަނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، އުނިގަސް މަގާއި މިރިޔާސް މަގު ހިމެނޭ ސަރަޙައްދުން މިޔަދު މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ހާމަކޮށްފައެވެ.

މައްސަލަ ހައްލުކޮށް މުޅިމާލެއަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ދިމާވި ދަތިތަކަށް މަޢާފަށް އެދެން. https://t.co/E0fJnygEPK
— STELCO (@STELCOMALDIVES) February 1, 2025
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭކަމަށްވެސް ބުނެފައެވެ.
ހަމައެއާއެކު ސްޓެލްކޯއިން ވަނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، އުނިގަސް މަގާއި މިރިޔާސް މަގު ހިމެނޭ ސަރަޙައްދުން މިޔަދު މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު