މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްދޯނިތަކުގައި މަސައްކަތްކުރާ 80 ފަޅުވެރިން މިއަހަރު ރެސްކިއު ޑައިވަރުންގެ ގޮތުގައި ތަމްރީނު ކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމުކޮށްގެން ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އެކްރޮސް މޯލްޑިވްސް ޑައިވް ހަރަކާތުގެ ފުރަތަމަ ފިޔަވަހި އިފްތިތާހުކުރުމަށް ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިއަދު ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ މަސްވެރިކަން ކުރާ ހުރިހާ އުޅަނދުތަކެއްގައި މަދުވެގެން އެއް ރެސްކިއު ޑައިވަރަކު ތަމްރީނު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިހާތަނަށް 56 ޑައިވަރުން ތަމްރީނު ކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން މި އަހަރު 80 ޑައިވަރުން ތަމްރީނު ކުރެވި އަންނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.



ހަމައެއާއެކު ވަޒީރު ވަނީ އާ އީޖާދީ ވަސީލަތްތަކާއެކު ކަނޑުގެ ބޭނުން ހިފާތަން ފެނުމަކީ ސަރުކާރުން އުފާކުރާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ފަދަ ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ދުނިޔޭގެ ރެކޯޑް ގާއިމްކުރުމަށް ކުރިއަށްގެންދާ ޑައިވް ހަރަކާތުގެ ދެ ފިޔަވަހިވެސް ކާމިޔާބުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ކަމަށް ޝިޔާމް މިއަދު ވިދާޅުވިއެވެ.

އެކްރޮސް މޯލްޑިވްސްގެ ފުރަތަމަ ފިޔަވަހި ކުރިއަށްދާނީ މާލޭ ސަރަހައްދުގައި އަންނަ ބުދަ ދުވަހުއެވެ. އެގޮތުން މާލެއިން ހުޅުމާލެއަށް 70 ކިލޯ މީޓަރަށް އެ ފިޔަވަހީގައި ޑައިވްކުރާނެއެވެ. އަދި ދެ ވަނަ ފިޔަވަހި އަންނަ އަހަރު ކުރިއަށްދާއިރު، މުޅި ރާއްޖެ ކަވަރުވާ ގޮތަށް ހއ. ތުރާކުރުން ފެށިގެން އައްޑޫ ސިޓީ އަށް ޖުމްލަ 4،600 ކިލޯ މީޓަރު ޑައިވްކުރާނެ.

އެކްރޮސް މޯލްޑިވްސް އިން ބުނެފައިވަނީ އެއީ ދުނިޔޭގެ އެންމެ ދިގު ޑައިވަށް ވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން