ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ގ. ޖޫތީގެ، ހަސަން ނަޒީހް (32އ) ކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އޮޕަރޭޝަނުގައި، ހަސަން ނަޒީހް ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސް ކުރި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ހަސަން ނަޒީހުގެ ގެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން އެއް ކިލޯއަށްވުރެ ގިނަ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހަސަން ނަޒީހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދިހަ ދުވަހަށް ބަންދުުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު