ކިޔެވުމާއި ވަޒީފާގެ ފުރުސަތުތައް ނެތް ޒުވާނުން ސިފައިން އަދި ފުލުހުންގެ ހިދުމަތަށް ވައްދަން ފެށުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ނެޝެނަލް ސާވިސް ޕްރޮގްރާމް ފަށަން ހާއްސަ ޑިޕާޓްމަންޓްއެއް އުފައްދައި އިސް ދެ މަގާމަކަށް މީހުން ހޯދަން އިޢުލާންކޮށްފި އެވެ.
އެ ޕްރޮގްރާމް ފެށުމަށްޓަކައި ރައީސް އޮފީހުގައި އުފެއްދީ ނޭޝަނަލް ސަރވިސް ކޯޑިނޭޝަން ސެކްރެޓޭރިއެޓް ކިޔާ ސެކްޝަނެކެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ޑިޕާާޓްމަންޓަށް ޑިރެކްޓާ ޖެނެރަލްއަކާއި ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލެއް ހޯދަން އިއުލާންކޮށްފަ އެވެ.
އެ ދެ މަގާމު އަދާކުރައްވާ ބޭފުޅުންނަށް މުސާރައާއި އިނާޔަތްތަކާއެކު 15،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާއިރު އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
އެ ދެ މަގާމަށް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނޭޝަނަލް ސަރވިސް ޕުރޮގުރާމާ ގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެ ޕްރޮގުރާމުގެ މަގުސަދު ހާސިލުވަމުންދާ މިންވަރު ބަލައި އެސެސްމަންޓުތައް ހެދުން ހިމެނެ އެވެ.
ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން 16 އަހަރުވުމުން ސިފައިންގެ އާއި ޕޮލިހަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
ސަރުކާރުން ބުނާގޮތުން އެ ޕްރޮގްރާމާއެކު މަގުމަތިވާ ކުދިންގެ އަދަދު މަދުވެގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު