ރައީސް ޑރ. މުޢިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ޑރ. މުޢިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެސްޓޯނިއާ ދަތުރުފުޅަށް ޚަރަދުވީ 1.3 މިލިއަން ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި އަހަރުގެ ޖަނަވަރީ 13 އިން 17 އަށް ރައީސް ޑރ. މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި މި ދަތުރުފުޅަށް ސަރުކާރުން ޖުމުލަ 1،371،069.18 ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

ނަމަވެސް، މި ފައިސާ ހޭދަކުރެވުނު ކަންކަމުގެ ތަފްސީލު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. މުޢިއްޒު އެސްޓޯނިއާ އަށް ކުރެއްވި މިދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގައި އެސްޓޯނިއާ އާއި ގުޅިގެން މަސައްކަތްކުރުމުގެ އާ ބާބެއް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން، ޑިޖިޓަލައިޒޭޝަންގެ ދާއިރާއާއި ތިމާވެށި އަދި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެން ދިޔަކަން ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.

އޭގެ އިތުރުން، ހާމަކަންބޮޑު ވެރިކަމެއް ކުރުމަށް އެސްޓޯނިއާގެ އީޖާދީ ޑިޖިޓަލް ބަދަލަކީ ބައިނަލް އަގުވާމީ ރަނގަޅު ބެންޗްމާކެއް ކަމަށާއި އެކަންކަން ދަސްކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުމުން އުފާފުޅުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުޢިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅަކީ އެގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން