ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުރާ ބަޔަކަށް އިމިގްރޭޝަންގެ އޮފިސަރުން ޚިދުމަތް ދެނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުރާ ބަޔަކަށް އިމިގްރޭޝަންގެ އޮފިސަރުން ޚިދުމަތް ދެނީ
ހުސްވި އޮގަސްޓް މަހު ރާއްޖެއަށް 7628 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ބުނާގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމާއިއެކު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ނިމިދިޔަ އޮގަސްޓް މަހުގައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 218 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ޖުލައި މަހު އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް އައި ފަތުރުވެރިންގެ އަދަދަކީ 100 އެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ ނިމިދިޔަ އޮގަސްޓް މަހު އެންމެ ގިނަ ފަތުރުވެރިން އައި ދުވަހުގެ އަދަދަކީ 373 ކަމަށެވެ. ޖުލައި މަހު އެންމެ ގިނަ ފަތުރުވެރިން އައި ދުވަހު އައި ފަތުރުވެރިންގެ އަދަދަކީ 218 ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އޮގަސްޓް މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގައުމުން 1627 މީހުން ރާއްޖެ އައިސްފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކުރީ އިނގިރޭސިވިލާތުންނެވެ. އެގައުމުން 715 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ތިންވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވާ ގައުމަކީ އެމެރިކާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން