ހަރަދު ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ދަށުން ސަރުކާރުގެ މަގާމުތަކުން ވަކިކުރި ކަމަށް ބުނާ 228 ސިޔާސީ މުވައްޒަފުންގެ ނަން ސިއްރު ކުރަން އެދި، ސަރުކާރުން ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ހައިކޯޓުގެ ރެޖިސްޓްރީއިން ދައްކާގޮތުގައި އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އަށް ނިސްބަތްވާ ތިން މައްސަލައެއް މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ އެ ކޯޓަށް ހުށަހަޅާފައެވެ. އަދި މި ތިން މައްސަލައަކީވެސް ސަރުކާރުގެ މަގާމުތަކުން ވަކިކުރި 228 މީހުންނާ ގުޅޭ މައްސަލަތަކެކެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންތަކެއް މަގާމުން ވަކިކުރަން ނިންމެވީ ގައުމުގެ އިގްތިސާދު އިސްލާހު ކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކަމަށް މީގެ ކުރިން ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އޭރު ރައީސް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވަކިކުރަން ނިންމަވާފައިވާ ބޭފުޅުން 15 ދުވަހުގެ ތެރޭގައި ވަކިކުރައްވާނެ ކަމަށެވެ. އަދި އެ ނިންމުމާއެކު 228 މީހުން ވަކިކުރި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ކޮން ބައެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
ރައީސްގެ ނިންމެވުމާއެކު މަގާމުން ވަކިކުރި މީހުންގެ މައުލޫމާތު ހޯދުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހަށް ތިން ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް އެއީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ ރައީސް އޮފީހުން އެ މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެއެވެ.
އަދި މި މައްސަލަ ބެއްލެވުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެ މައުލޫމާތު ހާމަކުރެއްވުމަށް ރައީސް އޮފީހަށް އަންގަވާފައެވެ. އެގޮތުން އައިކޮމުން ބުނީ ވަކިކުރި މުވައްޒަފުންގެ ދާއިމީ އެޑްރެހަކީ ޒާތީ މައުލޫމާތަކަށް ވާތީ އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންނަކީ ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުންނަށް ވާތީ އެ މީހުންގެ މައުލޫމާތަކީ އާންމު މަސްލަހަތުގެ ދަށުން ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަމަށް އައިކޮމުން ބުނެފައި ވެއެވެ. އަދި ރިފޯމް އެޖެންޑާގެ ދަށުން ވަކިކުރި މުވައްޒަފުންގެ ނަމާއި މަގާމާއި ވަޒީފާ އަދާކުރި ތަނާއި ލިބުނު މުސާރަ އަދި ވަކިކުރި ތާރީހަކީ ހާމަކުރަން ޖެހޭނެ މައުލޫމާތުތަކެއްކަން އިންފޮމޭޝަން ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.
ނަމަވެސް އެ މައުލޫމާތު ނުދީ، އެންމެ ފަހުން އެ މައްސަލަ މިވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މަގާމުން ވަކިކުރި 228 ބޭފުޅުންގެ ތެރޭގައި ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު