1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ޖަނަވަރީ މަހެއްގައި އެންމެ ގިނައިން މަސް ކިރުވީ މިދިޔަ ޖަނަވަރީ މަހުގައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރައިން ބުނެފިއެވެ.

އެގޮތުން ފާއިތުވި ޖަނަވަރީ މަހުގައި މިފްކޯއަށް 8،324 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަކީ 1993 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަަކޮށްލަން ޖެހެއެވެ. އެގޮތުން މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ދަނީ އެކަން މިހާރު ކުރަމުންނެވެ.

މި ސަރުކާރު އައި ފަހުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައްވެސް ހަމަޖެހެމުންދާއިރު މިހާރު ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބެމުން ދާކަން ފާހަގަ ކުރެވެއެވެ.

މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށްވެސް ތެޔޮ ވިއްކާއިރު، އެ ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ދަނީ ކަނޑަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން