ފަތުރުވެރިކަމުގެ ވުޒާރާ އާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން، އެ ދެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ މަޤާމު ގެއްލިއްޖެއެވެ.
ގާނޫނުގައި އޮންނަ ގޮތުން ދަޢުލަތުގެ ވުޒާރާއެއް އުވުމާއެކު އެ ވުޒާރާއެއްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ގެއްލޭނެ އެވެ. ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރާ ފަރާތެއްގެ ދައުރަކީ ފަސް އަހަރެވެ.
ސިވިލް ސަރވިސް ކޮމިޝަނުން މިހާރުވަނީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީއަށް އާ ޕާމަނަންޓް ސެކްރެޓަރީއެއް ހޯދުމަށް އިއުލާންކޮށްފަ އެވެ. ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ، މި މަހު 11 ވަނަ ދުވަހު މެންދުރު ފަހު 2 ގެ ނިޔަލަށެވެ. އަދި މަގާމް ގެއްލުނު ދެ ޕާމަނަންޓް ސެކްރެޓަރީންނަށްވެސް އަލުން މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމު ގެއްލުނު އަޖުވަދު މުސްތަފާއަކީ 2014 ވަނަ އަހަރުގެ އޭޕްރީލް 19 ވަނަ ދުވަހު ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަނު ކުރެއްވި ބޭފުޅެކެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ފާތިމަތު ޝައުފާ އައްޔަނު ކުރެއްވީ، މި އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުއެވެ.
ސަރުކާރުން ވަނީ ފަތުރުވެރިކަމާބެހޭ ވުޒާރާ އާއި ތިމާވެއްޓާބެހޭ ވުޒާރާ އެއްކޮށްލައި އާ މިނިސްޓްރީގެ މިނިސްޓަރުކަމަށް ތާރިގު އިބްރާހިމް އައްޔަނު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު