އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެހީ ކަނޑާލާނެ ކަމަށް ބުނުމުން އެމެރިކާއަށް ގަވައިދުން ފޮނުވަމުން ދިޔަ މައުދަންތައް ނުފޮނުވާ ހިފެހެއްޓުމަށް ދެކުނު އެފްރިކާގެ މިނިސްޓަރަކު ހުށަހަޅުއްވައިފިއެވެ.
ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ހުށައަޅާފައި ވަނީ މިނިސްޓަރ އޮފް މިނަރަލް އެންޑް ޕެޓްރޯލިއަމް ރިސޯސަސް ގްވެޑޭ މަންތާޝޭ އެވެ.
އެލޮން މާސްކްގެ އުފަން ގައުމު ސައުތު އެފްރިކާއަށް ދޭ ފައިސާ ކަނޑާލާނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕު ދެއްވީ އޮންލައިންކޮށް ލިޔުއްވި ޕޯސްޓެއްގައެވެ. އެގޮތުން އެ ޕޯސްޓުގައި ޓްރަމްޕް ލިޔުއްވާފައިވަނީ، “ދެކުނު އެފްރިކާއިން ބިން އަތުލަނީ، އަދި ވަކި ކްލާސްތަކެއްގެ މީހުންނާ މެދު ވަރަށް ގޯސްކޮށް ކަންތައް ކުރަނީ” ކަމަށެވެ.
މި ޕޯސްޓުގައި ޓްރަމްޕް އިޝާރާތް ކުރައްވަމުން ގެންދެވީ ދެކުނު އެފްރިކާގައި ބިން އިސްލާހު ކުރުމުގެ ގާނޫނަކަށެވެ.
”ޓްރަމްޕަށް ދެކުނު އެފްރިކާއަށް ދޭ ފައިސާ ހިފެހެއްޓޭނެ. އެމީހުން އަހަރުމެންނަށް ފައިސާ ނުދީފިއްޔާ މަޢުދަން ނުދެމާ.“ ގްވެޑޭ މަންޓަޝޭ ވިދާޅުވިއެވެ.
ރައީސްގެ ޓްރަމްޕުގެ ޕޯސްޓަށް އިޝާރާތް ކުރައްވައި ގްވެޑޭ މަންޓަޝޭ ވިދާޅުވީ ސަރުކާރުން އެއްވެސް ބިމެއް އަތުލާފައި ނުވާ ކަމަށެވެ. އަދި ޓްރަމްޕު މިފަދައިން ވާހަކަ ދައްކަވަނީ އޭނާގެ ފަހަތުގައި ދެކުނު އެފްރިކާއަށް އުފަން ބިލިއަނަރު އެލަން މަސްކު ހުރުމުން ކަމަށެވެ.
މަސްކު އެކްސްގައި ކުރި ޕޯސްޓެއްގައި މީގެ ކުރިން ވަނީ ދެކުނު އެފްރިކާގައި ނަސްލީ ތަފާތުކުރުން ގެންގުޅޭ މިލްކުވެރިކަމުގެ ގާނޫނުތައް ހުރި ކަމަށް ބުނެ އޭގެ ޝިކާރައަކަށް ދޮން މީހުން ވާކަމަށް ބުނެފައެވެ.
ވޮޝިންޓަން އިން 2023 ވަނަ އަހަރު ދެކުނު އެފްރިކާއަށް 440 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އޭގެ ތެރެއިން 315 މިލިއަން ޑޮލަރަކީ އެޗްއައިވީ/އެއިޑްސް އަށް ފޯރުކޮށްދީފައިވާ އެހީތެރިކަމެވެ.

ކިޔުންތެރިންގެ ހިޔާލު