ގިނަ ގައުމުތަކަކަށް އެހީފޯރުކޮށްދެމުންދާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ބަންދުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަތުކުރި އޮޅާލައްވައިފިއެވެ.
އެމެރިކާގެ އާ ސަރުކާރުން ޔޫއެސް އެއިޑް ހުއްޓާލައި އުވާލުމަށް މަސައްކަތް ފަށާފައިވާއިރު މިވަގުތަށް ވަނީ އެ ޖަމިއްޔާ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ދަށަށް ބަދަލުކުރުމަށް ނިންމާފައެވެ.
ރައީސް ޑޮނަލްޑު ޓްރަމްޕުގެ އެޑްވައިޒަރު އަދި ބިލިއަނަރު އެލަން މަސްކު ހޯމަ ދުވަހު ވަނީ ޔޫއެސްއެއިޑްގެ ހުރިހާ މުވައްޒަފުން ވަގުތީގޮތުން ގޭގައި މަޑުކުރުމަށް އަންގާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޔޫއެސްއެއިޑް ބަންދުކޮށް އެއީ އުވާލަން ޖެހޭ ޖަމިއްޔާއެއް ކަމަށްވެސް މަސްކު ވަނީ ވިދާޅުވެފައެވެ.
ޔޫއެސްއެއިޑް އުވާލަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެމެރިކާގެ ވައިޓް ހައުސް އިން އަދި އެއްވެސް މައުލޫމާތެއް ދީފައެއްނުވެއެވެ.
އެމެރިކާގެ ކޮންގްރެސް އިން ވަކި ގާނޫނަކުން އުފައްދާފައިވާ މިނިވަން އިދާރާއެއް ކަމަށްވާ ޔޫއެސްއެއިޑުގެ މަސައްކަތަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށުމާއެކު އެ އެޖެންސީގެ ވެބްސައިޓް ވެސް ވަނީ އަޕްޑޭޓް ކުރުން ހުއްޓާލާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީ އާއި ތަރައްގީއަށް އެހީވުމަށް ކަނޑައަޅާފައިވާ 42.8 ބިލިއަން ޑޮލަރުގެ ބަޖެޓެއް މި ޖަމިއްޔާއިން ބަލަހައްޓަ އެވެ.

ކިޔުންތެރިންގެ ހިޔާލު