ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 1600އިން މައްޗަށް އަރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރޭ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމްްއެއްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު އަހުމަދު މުއާޒް ވިދާޅުވީ ކެންސަރު ބަލި ޖެހޭ ދިވެހީންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަަމަށެވެ. އަދި ކެންސަރު ޖެހޭ ޒުވާނުންގެ އަދަދުވެސް އިތުރުވަމުންދާކަން މުއާޒް ފާހަގަކުރެއްވި އެވެ.
މުއާޒް ވިދާޅުވީ ކެންސަރު ބަލިޖެހުނު މީހުންގެ ތަފާސް ހިސާބުތައް އެއްކުރުމުގެ މަސައްކަތް ފާއިތުވި ދެ އަހަރުން ފެށިގެން ކުރަމުން ގެންދާ ކަމަށެވެ.
"މާލެ ރީޖަންގެ ހުޅުމާލެއާއި އައިޖީއެމްއެޗްްގެވެސް ހުރި މައުލޫމާތުތައް ސިސްޓަމަށް އެޅިގެން އެނަލައިޒް ކުރެވިގެން މަސައްކަތް ކުރިއަށް އެބަދޭ. މީގަ ފާހަގަކޮށްލެވޭ ކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންގެ ރަޖިސްޓްރީ ގާއިމުކުރި އިރު މިއަދާ ހަަމައަށް 1600އަށް ވުރެ ގިނަ ކެންސާ ޕޭޝަންޓުން އެބަތިބި ރަޖިސްޓްރީވެފައި." މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ އަންހެނުން އެންމެ ގިނައިން ފަރުވާ ހޯދަނީ އުރަމަތީގެ ކެންސަރަށް ކަމަށާއި އަދި ފިރިހެނުން ފުއްޕާމޭގެ ކެންސަރުގެ ބަލިތަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު