ރައީސް މުއިއްޒު
ރައީސް މުއިއްޒު
ސްރީލަންކާގެ މިނިވަން ދުވަހާ ގުޅިގެން އެ ގައުމުގެ ވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

‎ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑޮކްޓަރ އަމަރަސޫރިޔާއަށް، ރައީސް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި ލަންކާއަށް މިނިވަންކަން ހޯދުމުގެ ދަތުރުގައި އެ ގައުމުގެ ކުރިއެރުމާއި ލާބައަށްޓަކައި ރައްޔިތުން ދެއްކި އަޒުމާއި ސާބިތުކަން ފާހަގަކުރައްވާފައި ވެއެވެ.

އަދި ދެ ގައުއުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި ދެ ގައުމުން ހިއްސާކުރާ އެއްގޮތް ސަގާފީ މުއާމަލާތްތައް އިތުރުވެ، ގާތް ސަރަހައްދީ ދެ ޤައުމުގެ ހައިސިއްޔަތުން އެއް ގައުމު އަނެއް ގައުމަށް ދިމާވާ ގޮންޖެހުންތަކާއި ދެ ގައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރާކަން ވެސް އެ މަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

އޭގެ އިތުރުން ދެ ގައުމަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ގުޅިގެން މަސައްކަތް ކުރުމާއެކު އިޖުތިމާއީ، އަދި އިގުތިސާދީ ކުރިއެރުމަށް ހުރި ފުރުސަތުތައް ހޯދުމަށާއި ސަރަޙައްދީ ހަމަޖެހުމަށާއި ސުލްހައާއި ލާބައަށް ދެ ގައުމު ގުޅިގެން އެކުގައި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އޮތްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން