ފިޝަރިސް މިނިސްޓްރީގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ، މިނިސްޓްރީ
ފިޝަރިސް މިނިސްޓްރީގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ، މިނިސްޓްރީ
މޯލްޑިވިއަންގެ އާ ފްލައިޓުން ޗައިނާއަށް މަސް އެކްސްޕޯޓު ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކޮށްފިއެވެ.

ފިޝަރީސް މިނިސްޓްރީއިން ބުނީ މި ބައްދަލުވުން ބޭއްވި މައިގަނޑު މަގްސަދަކީ މަސްވެރިކަމުގެ ދާއިރާއަށް އެކްސްޕޯޓު ކުރުމުގެ ފުރުސަތުތައް އިތުރުކުރުމަށް ކަމަށެވެ.



މި މަޝްވަރާ ބައްދަލުވުމުގައި ފިޝަރީސް މިނިސްޓްރީގެ އިތުރުން މިފްކޯއާއި، އެމްއެސްއެސްއާއި، މޯލްޑިވިއަން، އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ބައިވެރިވެފައި ވެއެވެ.

މޯލްޑިވިއަންގެ ވައިޑްބޮޑީ ފްލައިޓުގައި އެއަރ ކާގޯ ގޮތުގައި 10 ޓަނުގެ މުދާ އުފުލޭނެކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ.

މި ފްލައިޓުން ޗައިނާއަށް މިހާރު ޑައިރެކްޓު ފްލައިޓުތައް އަޅަން ފަށާފައިވާއިރު، މި ދަތުރުތަކުގައި މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރެވޭނަމަ ރާއްޖެއިން ބޭރުކުރާ މުދަލުން ރާއްޖެއަށް ލިބޭ މަންފާ އިތުރު ވާނެއެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަންފާވެސް އިތުރުވެގެންދާނެއެވެ.

މިހާރު މޯލްޑިވިއަނުން ދަނީ ޗައިނާގެ ތިން މަންޒިލަކަށް ޑައިރެކްޓު ދަތުރުތަކެއް ކުރަމުންނެވެ. މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށްވެސް އިތުރު މަންފާތަކެއް ކުރާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން