ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު މުހައްމަދު އަސްލަމް، ފޮޓޯ:މަޖިލިސް
ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު މުހައްމަދު އަސްލަމް، ފޮޓޯ:މަޖިލިސް
ދުނިޔޭގެ އެންމެ ފުދުންތެރި ބޮޑެތި ޤައުމުތަކާއި ރާއްޖެއާއި އޮތް ގުޅުން ހީނަރު ކޮށްލުމަށް ފިތުނަވެރި ވާހަދެއްކުމަކީ ޤައުމީ ސަލާމާތަށް އޮތް ނުރައްކަލެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އެންމެ ގާތް އަދި އަވަށްޓެރި އިންޑިޔާއާއި ގުޅޭގޮތުން ސޯޝަލް މީީޑޔާގައާއި، އެނޫން ތަންތަނުގައި ދައްކާ ވާހަތައް ކުއްވެރިކުރައްވައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިއީ ވަރަށް ހިތާމަހުރިކަމެއްކަމަށެވެ. ރާއްޖޭގެ އެންމެ އަވަށްޓެރި އަދި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޤައުމުތަކަށް ނިސްބަތްކޮށް ފިތުނަވެރިކަން އުފެއްދުމަށް ކުރެވޭ މަސައްކަތަކީ ކިހާވަރެއްގެ މަސައްކަތެއްތޯ ވިސްނަންޖެހޭކަމަށެވެ.

މިކަމުގެ ސަބަބުން ނުރައްކާވަނީވެސް އަދި ގެއްލުންވާނީވެސް ދިވެހި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށްކަމަށް އަސްލަމް ވިދާޅުވިއެވެ. ރާއްޖެއާއި އެކު ޒަމާންވީ ގުޅުން އޮންނަ އަދި ރާއްޖެއިން އެހީތެރިކަމަށް ބޭނުންވި ކޮންމެ އިރެއްގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމުތަކަކީ ކޮންމެ ސަރުކާރެއް އޮތަސް އެޤައުމުތަކާއިމެދު ނަފްރަތު އުފައްދައި ފިތުނަވެރިކަން އުފައްދަން ވާހަކަދައްކައިންގެން ފައިދާ ނަގަންޖެހޭ ފަދަ ކަމެއްނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

"ސިޔާސީ ބޭނުމަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި ގުޅޭގޮތުން ފިތުނަވެރި ވާހަކަތައް ފަތުރައި، އެޤައުމުތަކާއި ރާއްޖެއާއި ޒަމާނުއްސުރެ އޮންނަ ގުޅުން ފަސާދަ ކުރުމަކީ ޤައުމީ މަސްލަހަތަށް ގެއްލުން ހުރި ނުރައްކާތެރިކަމެއް." އަސްލަމް ވިދާޅުވިއެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު މިހާރު ކުރެވެމުންދާ އެންމެ ވާދަވެރި ބަހުސަކީ އިންޑިޔާއިން ދޭ އެހީއާއި އިންޑިއާއާއެކު މިސަރުކާރުން ބާއްވާ ގުޅުމާއި މެދު ކުރެވޭ ބަހުސެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުންނަމަ މި ސަރުކާރަށް އިންޑިއާއިން ދޭ އެހީތަކާއި ބާއްވާ ގޮތްނޭނގޭ ގުޅުންތަކުގެ ފަހަތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފާނެ ކަންތައްތަކެއް ހިމެނެއެވެ.

ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ވެސް އިންޑިއާއިން ދަނީ ބޮޑެތި އެހީތައް ވަމުންނެވެ. އެގޮތުން ބަޖެޓު ސަޕޯޓުގެ ގޮތުގައި ރާއްޖެ އަށް 250 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާއިރު އެއީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 1.75 ޕަސެންޓްގެ އިންޓަރެސްޓުގައި 20 އަހަރުން ދައްކާ ގޮތަށް ދޭ ލޯނެކެވެ. އަދި ބްރިޖް މަޝްރޫއަށް ދިން 500 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ ފައިސާ އަކީ ލޯނެކެވެ. މި އެހީގެ އިތުރަށް ވެސް އިންޑިއާއިން ރާއްޖެއަށް ދޭ ކްރެޑިޓްލައިނެއްގެ ދަށުން ބޮޑު ހަތް މަޝްރޫއެއް ކުރިއަށްގެންދަން ނިންމާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އަބްދޫ

04-Sep-2020

ބަލަގަ އަސްލަމާ ޗައިނާއަކީ އިންޑިޔާ އަށްވުރެ މުއްސަނދި ކަމާ ބާރުގެގޮތުންވެސް ކުރީގަ އޮތް ގައުމެއް.މައިޓްކުންފުނިން ނެގި ވަގުފައިސާެިއިންމުއްސަނދިވިވަގުސައްތާރުގެ ވަގުނަސީދު ދައްކާ ދޮގުވާހަކަ އަޑު ނީވެނީ ކަންފަތް ނެތީތަ


2

އަބްދޫ

04-Sep-2020

ފަސާދަރު ކެނެރީގެ ވަގު ނަސީދު ދައްކާ ދޮގުވާހަކަ ނީވެނީ ދެކަންފަތަށް ކޯނޗެެއް އެޅިގެންތަ?


-7

މަމިޔޮކާކަ

04-Sep-2020

ބޮޑެތި ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްޤައުމުތަކުން ކުދިޤައުމުތައް އަޅުވެތި ކުރުވުމަކީ އެހީ ތެރި ވުމަކީ ޤައްދާރުންގެ ސިފައެއް.



ޓްރެންޑިން