އަންހެނުންނަށް ތައުލީމު ދިނުމަށް ގޮވާލެއްވި ތާލިބާން ސަރުކާރުގެ ޑިޕިއުޓީ މިނިސްޓަރަކު ގައުމު ދޫކުރައްވައި ވަޑައިގެންފި އެވެ.
އަފްގާނިސްތާނުގެ މިލިޓަރީ ސްކޫލުގެ ގްރެޖުއޭޝަން ހަފްލާގައި ވާޙަކަ ދައްކަވަމުން އެ ގައުމުގެ ޚާރިޖިއްޔާގެ ޑެޕިއުޓީ މިނިސްޓަރު ޝެރު އައްބާސް ސްޓަނިކުޒާއީ ވިދާޅުވީ އަންހެނުންނަށް ތައުލީމު ދިނުމަށް އިސްލާމް ދީން ހުރަސް ނާޅާ ކަމަށެވެ.
އެެހެންކަމުން ތާލިބާނުންގެ ސިޔާސަތު ބަލައިގަނެވެން ނެތް ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.
އެފަދައިން ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ތާލިބާން ސަރުކާރުން ވަނީ އޭނާ ހައްޔަރުކޮށް ގައުމުން ފުުރުން މަނާކުރަން އަމުރުނެރެފަ އެވެ.
ނަމަވެސް އެ އަމުރު ތަންފީޒުކުރުމުގެ ކުރިން ޑެޕިއުޓީ މިނިސްޓަރު ގައުމު ދޫކުރައްވާ ޔޫއޭއީއަށް ބަދަލުވެފައިވާ ކަމަށް އަފްގާނިސްތާނުގެ ނޫހަކުން ވަނީ ބުނެފަ އެވެ.
ޑެޕިއުޓީ މިނިސްޓަރުގެ ވާހަކަަތަކުން ތާލިބާން ސަރުކާރުގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައިވާކަން ޔަގީންވާ ކަމަށް އެކި މީޑީއާތަކުން ބުނެ އެވެ.
ދެހާސް އެކާވީސް ވަނަ އަަހަރު ތާލިބާާނުން އަފްގާނިސްތާން އަލުން ހިފިފަހުން އަންހެން ކުދިންނަށް ގްރޭޑް ހަޔަކުން ފެށިގެން މައްޗަށް ކިޔަވައިދިނުން ވަނީ ހުއްޓާލައިފަ އެވެ.
އެއާއެކު ތާލިބާނުންނަށް ވަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު