ދައުލަތުގެ ބަޖެޓުން މިދިޔަ މަހު އާސަންދައަށް ކުރި ހޭދަ ވަރަށް ބޮޑަށް ކުޑަވެއްޖެ އެވެ.
ފިނޭންސް މިިނިސްޓްރީން އާންމުކުރި "ވީކްލީ ފިޒްކަލް ޑިވޮލޮޕްމަންޓް"ގެ ރިޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާސަންދައަށް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 109.8މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.
ނަމަވެސް މިދިޔަ އަހަރު ޖެނުއަރީ މަހު އާސަންދައަށް ހޭދަކުރީ 62.6 މިލިއަން ރުފިޔާ އެވެ. މިއީ 47.2 މިލިއަން ރުފިޔާގެ ކުޑަވުމެކެވެ. އާސަންދައަށް ކުރި ހޭދަ ކުޑަވީ މި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ނެވެ.
އެގޮތުން ބަލްކުކޮށް ބޭސްތައް އެއް ފަހަރާ ހެޔޮ އަގުގައި ރާއްޖެ ގެެނެސް އާސަންދައިން ދޫކުރާ ބޭހުގެ ތެރެއިން އެންމެ ގިނައިން އާންމުން ބޭނުންވާ 250 ބޭހުގެ އަގު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
އޭގެ އިތުރުން ޕްރައިވެޓް އިންޝުއަރެެންސް އޮންނަ ފަރާތްތަކަށް ވެސް އެ އިންޝުއަރެންސުން ކެނޑުމަށް ފަހު ނޫނީ އާސަަންދައިން ކަވަރޭޖް ނުލިބޭ ގޮތް ވަނީ ހަދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު