ރޭ މާރާމާރީ ހިންގި ސަރަހައްދު
ރޭ މާރާމާރީ ހިންގި ސަރަހައްދު
ރޭ އައިޖީއެމްއެޗް ކައިރީގައި ހިންގި ނުރައްކާތެރި މާރާމާރީ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް އަނިޔާވިކަމަށް ފުލުހުން ބުނެފި އެވެ.

ރޭ ހިންގި މާރާމާރީގައި ސައިކަލެއްގައި އައި ދެ މީހަކު ވަނީ މަގުމަތީގައި ހުރި މީހަކަށް މަރުތޭލައަކުން ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.

އެ ހާދިސާގައި ޒަހަމްވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު ފުލުހުން މިއަދު ބުނީ އެ މާރާމާރީ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް ހަމަލާދިނުމުގެ ސަބަބުން އޭނާގެ އުޅަނބޮއްޓަށްވެސް އަނިޔާވި ކަމަށެވެ.

ރޭގެ މާރާމާރީއާ ގުޅިގެން އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުންދަނީ ދިވެހި ފިރިހެނަކަށް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން