ޖަނަވަރީ މަހުގައި އެކަނިވެސް ވޭޕް ބޭނުންކޮށްގެން 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ މިދިޔަ މަހު ވޭޕް ބޭނުން ކުރުމުގެ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު 15 އިން ފެށިގެންނެވެ. އެ މަހުގެ ތެރޭގައި ވޭޕްގެ 20 މައްސަލައެއްގައި 17 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ.
ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު ފުލުހުން ފޮނުވަނީ މެސެޖެއްގެ ގޮތުގައި އެ މީހެއްގެ ފޯނަށެވެ. އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. ގެ ޖޫރިމަނާ ކުރާނެ އެވެ.
މި ގާނޫނުގައިވާގޮތުން ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.
މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން, ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެތެރެކުރި ކޮންމެ އީ-ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު