އއ. ހިމަންދޫގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިން ޣައްޒާގެ ރައްޔިތުންނަށް 100،000އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.
ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ހިމަންދޫ ކައުންސިލާއި ސަރުކާރުގެ މުއައްސަސާތަކާއި އަދި ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި "ހެލްޕް ޣައްޒާ - ދިވެހިން ހަނދާނެއް ނުނެތޭ" ގެ ނަމުގައި ފަންޑް ރެއިސިންގެ ހަރަކާތެއް ކުރިއަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހު އެވެ.
ސްޓެލްކޯއިން މިއަދު ބުނި ގޮތުގައި އެ ހަރަކާތުން ޖުމްލަ 260،800 ރުފިޔާ ވަނީ އެއްކުރެވިފާއެވެ. އަދި އޭގެ ތެރެއިން 126،560 ރުފިޔާއަކީ ސްޓެލްކޯގެ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާކަމަށް ވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
"މިފަދަ އިޖުތިމާއީ ހިދުމަތުގެ މަސައްކަތްތަކުގައި މި ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި އަޅުގަނޑުމެން ފަހުރުވެރިވެ، އެ ފަރާތްތަކަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." ސްޓެލްކޯއިން ބުނެފައި ވެއެވެ.
ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް މިދިޔަ އަހަރުގެ ޖޫން މަހު ކުރިއަށް ގެންދިޔަ ޓެލެތޯންގައި ސްޓެލްކޯގެ މުވައްޒަފުން ވަނީ ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު