ނަރުދަމާގެ މަސައްކަތްތަކެއް ކުރަނީ--
ނަރުދަމާގެ މަސައްކަތްތަކެއް ކުރަނީ--
އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައިދީ ނިންމައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއެކު ރަށްރަށުގައި އެންމެ ބޮޑަށް ހައްލުކުރަން ޖެހިފައިވާ އަސާސީ އެއް މައްސަލައަކީ ފެނާ ނަރުދަމާގެ މައްސަލަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ފެނުގެ ހިދުމަތް ލިބެނީ 86 ރަށަކަށް ކަމަށެވެ. އަދި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވެމުންދަނީ 99 ރަށަށްކަން ވެސް ރައީސް ވިދާޅުވި އެވެ.

އެެހެން ނަމަވެސް މި ވެރިކަމުގައި ހޭދަވި އަހަރާއި ދެ މަސް ތެރޭގައި އެކަނިވެސް 45 ރަށެއްގެ ފެނުގެ ހިދުމަތާއި، 40 ރަށެއްގައި ނަރުދަމާގެ ހިދުމަތް ގާއިމުކޮށް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ފެނުގެ ޚިދުމަތް ނުލިބި އޮތް 56 ރަށާއި ނަރުދަމާގެ ހިދުމަތް ނުލިބި އޮތް 45 ރަށުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 2 އަހަރު ތެރޭ މުޅިން ނިންމާ 2026 ނިމުމުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދީ ނިމޭނެ." ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން