އިދިކޮޅު އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރުނަސް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އިދިކޮޅުގެ އަޑު ފަނޑުކޮށް ނުލެވޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ދިވެހި ސަރުކާރުގެ ޚާރިޖީ ވަޒީރުކަންވެސް މީގެކުރިން ކުރެއްވި ޝާހިދު މިހެން ވިދާޅުވެފައި ވާއިރު ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ސަރުކާރުގެ ސިޔާސަތުތަކާމެދު ނުރުހުން ފާޅުކުރެއްވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 9 މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްފައެވެ.
އެކަމާ ގުޅިގެން ޝާހިދު ވަނީ ރައީސް މިއަދު ރިޔާސީ ބަޔާން އިއްވެވީ އިދިކޮޅު މެމްބަރުން ގަދަ ބާރުން މަޖިލިހުގެ ތަޅުމުން ނެރެ, މިނިވަންކަމާއެކު އަޑު އުފުލުމުގެ ހުރިހާ ދޮރެއްމެ ބަންދުކޮށް, އަސްކަރީ ސިފައިން ހަތިޔާރާއެކު މާލޭގެ މަގުތަކަށް ނެރެގެން ކަމަށް ވިދާޅުވެފައެވެ.
“ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ބައިތިއްބައިގެން ރައީސް މުއިއްޒު މިއަދު އިވެވި ރިޔާސީ ބަޔާނުން ހާމަވީ, މިސަރުކާރުން ޑިމޮކްރަސީގެ އެންމެހާ އަސާސްތަކެއް ފުނޑާލަމުން ދާކަން.” ޝާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު ޝާހިދު ވިދާޅުވީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވީ ވައުދުތައްވެސް ރައްޔިތުންނަށް ފުއްދަވާ ނުދެއްވާ ކަމަށެވެ. އެހެންކަމުން މިއަދު އާ ވައުދުތަކެއް މަތިމައްޗަށް ވެވަޑައިގެންނެވުމަކީ ގާނޫނު އަސާސީން ރައީސް ޑރ. މުޢިއްޒަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތަށް ވެވަޑައިގެންނެވި ބޮޑު އިހުމާލެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
“ރައީސް ޑރ. މުޢިއްޒަށް އިދިކޮޅު އަޑު ފަނޑު ކޮށެއް ނުލެވޭނެ, މިސަރުކާރު ޒިންމާދާރުކޮށް, ގާނޫނު އަސާސީ ހިމާޔަތް ކުރުމުގައި އެމްޑީޕީ ދެގޮތެއް ނުވެ ދެމި އޮންނާނެ!” ޝާހިދު ވިދާޅުވެފައިވެއެވެ.
ޝާހިދު މިހެން ވިދާޅުވެފައިވާއިރު ރިޔާސީ ބަޔާން އިއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އެމްޑީޕީގެ މެންބަރުންގެ ނަން އިއްވާފައިވަނީ ރިޔާސީ ބަޔާން އިއްވަމުންދިޔަ ވަގުތު ތަޅުމުގައި އަޑުގަދަކުރާތީ މެންބަރުންނަށް އިންޒާރު ދިނުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު