ކެފޭ ތާސީރު މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ނޭޕާލް މީހާ
ކެފޭ ތާސީރު މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ނޭޕާލް މީހާ
މާލޭ މާވެޔޮމަގުގައި ހުންނަ ކެފޭ ތާސީރުގައި މިދިޔަ އަންގާރަ ދުވަހު ހިންގި މާރާމާރީގެ މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށް، ބަންދު މުއްދަތު ޖަހައިފި އެވެ.

ފުލުހުން މިއަދު ބުނީ ކެފޭ ތާސީރުގައި ހިންގި މާރާމާރީއާ ގުޅިގެން ނޭޕާލަށް ނިސްބަތްވާ 24 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މިމާރާމާރީ ހިންގީ ކެފޭގައި މަސައްކަތްކުރާ ނޭޕާލް ޝެފަކާއި ބަންގްލަދޭޝް މުވައްޒަފަކާ ދެމެދު ކަމަށެވެ. އެ ދެ މީހުންނަށް ވެސް އެ މާރާމާރީގައި އަނިޔާވި އެވެ.

މި މައްސަލާގައި ނޭޕާލަށް ނިސްބަތްވާ މީހާ ފަރުވާއަށްފަހު ބަންދު ކޮށްފައިވާއިރު، ބަންގްލަދޭޝް މީހާއަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން