އެއާ އެންބިއުލާންސްގައި އޮކްސިޖަން ނެތި ފަރުވާ ލަސްވެގެން ގއ. ވިލިނގިލީގައި މަންމަ އާއި ދަރިފުޅު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައިމި ޙާދިސާ ހިނގާފައިވަނީ ގއ ވިލިނގިލީގައެވެ. މި ޙާދިސާގައި ނިޔާވީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. އޭނާ ނިޔާވީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށް ފަހުގައެވެ.
މި ޙާދިސާގައި ނިޔާވި ޝިއުނާއަށް ރޯގާޖެހި ނޭވާލާން އުނދަގޫ ވާތީ ހޮސްޕިޓަލަށް ގެންގޮސް ހާލު ދެރަވުމުން ސިޒޭރިއަން ހަދައި ބަނޑަށް 8 މަހުގައި ދަރިފުޅު ނަގާފައި ވަނީ އިއްޔެ ހެނދުނު އެވެ.
ނަމަވެސް ސިޒޭރިއަން އަށްފަހު ހޭނާރައިގެން ޝިއުނާ އިއްޔެ ހަވީރު ވަނީ ވެންޓިލޭޓަރަށް ލާފައެވެ. އޭގެފަހުން އިތުރު ފަރުވާއަށް އެދެމައިން މާލެ ގެންދިއުމުގެ ކަންތައްތައް ލަސްވެފައިވަނީ އެއާ އެންބިއުލާންސްގައި ދެމައިންނަށް އޮކްސިޖަން ފޯރުކޮށްދެވޭނެ ގޮތެއް ނެތިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެގޮތުން ޝިއުނާ މާލެ ގެންދިއުމަށް ކޫއްޑޫއަށް ގެންދިޔަ ނަމަވެސް އޮކްސިޖަން ނުލިބުމުގެ ސަބަބުން ނިޔާވެފައިވަނީ ކޫއްޑޫ އެއާޕޯޓްގައި ރޭގެ ވަގުތެއްގަ އެވެ. އަދި ދަރިފުޅު މާލެ ގެނެވުނު ނަމަވެސް މިއަދު ފަތިހު ދަރިފުޅުވެސް ވަނީ ނިޔާވެފަ އެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ބުނީ މި މައްސަލަ ބަލަމުންދާ ކަމަށާއި މިކަމާގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު