ކޯވިޑް19 އަށް ޓެސްޓް ކުރުމަށް ބޭނުންކުރާ ޓެސްޓް ކިޓްގެ އިތުރު 60،000 ކިޓް ޗައިނާއާއި، އެމެރިކާގެ އެހީތެރިކަމާއިއެކު އަންނަ ހޮނިހިރު ދުވަހު ލިބޭނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ބުނެފިއެވެ.
ރާއްޖޭގައި ކޯވިޑް19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ ވަސީލަތްތަކާއި ޓެސްޓްކިޓް އެކަށީގެންވާ މިންވަރަށް ހޯދުމަށް ސަރުކާރުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ސަރުކާރުން ކުރި މަސައްކަތުން ރާއްޖޭގައި މިބައްޔަށް ޓެސްޓް ކުރުމަށް ބޭނުންވާ ވަރަށް ޓެސްޓް ކިޓާއި، އެހެން ވަސީލަތްތައް ވަނީ ގެނެސްފައެވެ.
ރާއްޖެއަށް މިފަދަ ތަކެތީގެ އެހީތެރިކަން ބޮޑަށް ލިބެމުންދަނީ އެކުވެރި ޤައުމުތަކާއި ދުނިޔޭގެ ވަސީލަތްތައް ގިނަ ބޮޑެތި ގައުމުތަކުގެ އެހީތެރިކަމާއިއެކުގައެވެ. އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ލިބޭ 60،000 ޓެސްޓް ކިޓަކީވެސް ޤައުމުތަކުގެ ދީލަތި އެހީތެރިކަމާއިއެކު ލިބޭ ކިޓްތަކެކެވެ. މީގެ ތެރެއިން 40،000 ޓެސްޓް ކިޓަކީ ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ ކިޓްތަކެކެވެ. އަދި 20،000 ކިޓަކީ އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ކިޓްތަކެއްކަމަށް އެޗްއޯއީސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަތުގައި މިވަގުތު 4000 ޓެސްޓް ހެދޭވަރަށް ކިޓް އެބަހުރި. މާދަމާ އިތުރު ކިޓްސްތައް ކްލިޔަރ ކުރެވޭނެ. އޭގެ އިތުރުން 5 ސެޕްޓެމްބަރގައި އަޅުގަނޑުމެންނަށް 60،000 ޓެސްޓް ކްލިޔަރކުރެވޭނެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާއިން އަންނަ 40،000 އަދި އެމެރިކާއިން އަންނަ 20،000 ޓެސްޓް ކިޓްސް." ޑރ. ނަޒްލާ ވިދާޅުވިއެވެ.
އަތޮޅުތަކުގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކާ ބޭނުންކުރުމަށް ޖީން އެކްސްޕާޓް ކާޓްރިޖުގެ 1200 ކާޓްރިޖު މިވަގުތު އެބަހުރިކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި ކާޓްރިޖްތައް ބޭނުންކޮށްގެން ރާއްޖޭގެ 5 ސަރަޙައްދެއްގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ރ. އުނގޫފާއި، ބ. އޭދަފުއްޓާއި، ގދ. ތިނަދޫގެ އިތުރުން ލ. ގަމާއި އައްޑޫ ސިޓީއެވެ.
ރާއްޖެއިން ކޯވިޑް19 ފެނުނު ފަހުން މިހާތަނަށް 8140 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 5053 މީހުންނަކީ ދިވެހިންނެވެ. އަދި 3087 މީހުންނަކީ ބިދޭސީންނެވެ. ބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 5338 މީހުންނެވެ. ރާއްޖޭގައި ކޯވިޑް19ގައި މިހާތަނަށް 29 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު