ހުކުރު ޚުތުބާއެއް އިއްވަނީ--
ހުކުރު ޚުތުބާއެއް އިއްވަނީ--
އެއްބައިވަންތަކަމަށް ހުރަސް އަޅާ ކޮންމެ ކަމެއް އިސްލާމް ދީން މަނާކުރާާ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ އިސްލާމީ މުޖުތަމައުއެއް ބިނާކުރުމުގައި އުހުތްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އޭގެ ބަދަލުގައި މުޖުތަމައުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަސްރާއި، ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ހުރަސް އެޅޭނެކަން ފާހަގަކޮށްފައި ވެއެވެ.

ހުތުބާގައި ބުނިގޮތުގައި އިސްލާމީ އުންމަތް ބައިބައިވެ ރޫޅިގެން ދިޔައީ އެއްބައިވަންތަކަމާއި އަހުވަންތަކަން ނެތިގެން ދިއުމުން ނެވެ.

"އެއްބައިވަންތަކަމާއި، އަޚުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ. އެ ކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް މަނާކުރައްވައިފައި ވެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.

އެގޮތުން އެކަކު އަނެކަކަށް މަލާމާތްކުރުމާއި ފުރައްސާރަކުރުން މަނާކޮށްފައިވާކަމަށް ވެސް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

އޭގެ އިތުރުން މުސްލިމުންނާމެދު ދޮގު ވާހަކަ ދައްކައި އެފަދަ ވާހަކަތައް ފެތުރުން ވެސް އިސްލާމް ދީނުގައި މަނާކުރާކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

"އަހުވަންތަކަމާއި، އެއްބައިވަންތަކަމަށް ތިމާ ވާސިލުކޮށްދޭ ކޮންމެ ކަމެއް ކުރުމަށް އަޒުމުކަނޑައަޅައި އެ ކަން ކުރުމަށް ނަސޭހަތްތެރިވަމެވެ. އަދި އަހުވަންތަކަމާއި އެއްބައިވަންތަކަން ކެނޑިދާނެ ކޮންމެކަމަކުން ދުރުހެލި ވުމަށް ވެސް ނަސޭހަތްތެރި ވަމެވެ." ހުތުބާގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން