ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްޗް) ގެ އެމާޖެންސީގައި ފަރުވާދިން ހާއްސަ އެހީއަށް ބޭނުންވާ ދިވެހި އަންހެނަކު ރޭ ނިޔާވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާއި ގުޅިގެން ނޫންކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ފުލުހުން ބެލި ބެލުމުން، ހަށިގަނޑުގައި ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވާ ހަށިގަނޑަށް ގެއްލުމެއް ލިބިފައި ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ނިޔާވި މީހާގެ އާއިލާގެ ފަރާތުންވެސް މިހާތަނަށް، ތުހުމަތުތަކެއްކޮށް، އެފަދަ ޝަކުވާއެއް ފުލުހުންނާއި ހިއްސާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާއަަށް ފަރުވާ ދިނުމަަށް މަސައްކަތް ކުރަމުން ދަނިކޮށް، ކުއްލިއަކަަށް ތެދުވެގެން ދުއްވައިގަންނަން ދަނިކޮށް ވެއްޓުނު ކަމުގެ މައުލޫމާތު ހޮސްޕިޓަލުން ދީފައިވާ ކަމަށެވެ.

އަދި އެ މީހާގެ ހަށިގަނޑުގެ ސުންކު (ތަހުލީލު ކުރަން ނަގާ ސާމްޕަލް) ނަގާފައި ވަނީ އެފަދަ މައްސަލައެއް ހުށަހެޅުމުން އާއްމުކޮށް އަމަލު ކުރާ އުސޫލުން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން