އިމަޖެންސީގައި ދުއްވާފައިވާ ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިރޭ 8:35 ހާއިރު ހިނގި މި އެކްސިޑެންޓު ހިނގީ ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި ސަރަހައްދުގައިކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި މާބޮޑު އަނިޔާތަކެއް އެއްވެސް މީހަކަށް ނުވީނަމަވެސް ސައިކަލު ދުއްވަން އިން މީހާގެ ނިތްކުރި ދުޅަވެ، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ދެ އުޅަނދުވެސް ދުއްވަން ތިބީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ހުއްދަ އޮތް މީހުން ކަމަށެވެ. އަދި މި އެކްސިޑެންޓު ހިނގި ގޮތް އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު