ދިވެހި ފުލުހުން ޚިދުމަތުގައި
ދިވެހި ފުލުހުން ޚިދުމަތުގައި
ރ. މީދޫގައި ފުލުހަކު ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަމުން ދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ރ. މީދޫ މަގުމަތީގައި، އަޑުގަދަކޮށް ހަޅޭއްލަވަމުން ދިޔަ ކުދިބަޔަކަށް އެގޮތަށް އެކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރި ވުމުން، އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން އެކުއްޖާ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ޕޮލިސް އޮފިސަރަށް ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ހަމައެއާއެކު ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަވެސް ބަލަމުންގެންދާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އޭގެ އިތުރުން، މި އެކްސިޑެންޓްގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމަށް ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރަމުން ދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ފުލުސް އޮފިސަރު އެކުއްޖާ ހައްޔަރަށް ގެންދާ ވީޑީއޯ މީސްމީޑިއާގައި ވަނީ ޢާއްމުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން