ރާއްޖޭގައި މިހާރު ކުރިޔަށްދާ ދިހަ ވަނަ މެރިން އެކްސްޕޯ ހަރަކާތުގެ ތެރެއިން އިންޑިއަން އޯޝަން ޑައިވަރސް އެސޯސިއޭޝަން (އައިއޯޑީއޭ) އިފްތިތާހުކޮށްފި އެވެ.

ރޭ މި ޖަމިއްޔާ އިފުތިތާހުކޮށް ދެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

އައިއޯޑީ އަކީ މި ސަރަހައްދުގެ ނުފޫޒު ގަދަ ވަރަށް ގިނަ ޑައިވަރުން މެންބަރުންގެ ގޮތުގައި ހިމެނޭ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި ރާއްޖޭގެ މަޝްހޫރު ޑައިވަރެއް ކަމަށްވާ ޙުސައިން ރަޝީދު (ސެންޑީ) އާއި އިންޑިއާގެ މަޝްހޫރު ޑައިވަރެއްގެ އިތުރުން އެ ގައުމުގެ އިޝްތިހާރު އުފައްދާ ޑައިރެކްޓަރަކު ހިމެނެއެވެ. ޑައިވަރުން ޕްރަލަހާދު ކައްކަރް ލާދު ކައްކަރްގެ އިތުރުން އިންޑިއާގެ އަނީސް އަޑެންވާލާވެސް ހިމެނެ އެވެ.

މި ޖަމިއްޔާ އިފުތިތާހުކޮށްދެއްވައި މޭޔަރު އާދަމް އާޒިމް ވަނީ އެކަމަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ. އާޒިމް ވަނީ މި ޖަމިއްޔާގެ ސަބަބުން ޑައިވްކުރަން ޝައުގުވެރިވާ މީހުންނަށް ފަހި ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"ދުނިޔޭގެ ކަނޑު އަޑީގެ އެންމެ ހިތްގައިމު ތަންތަނާއެކު ރާއްޖެއަކީ ޑައިވަރުންނާއި ކަނޑުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ސުވަރުގެ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އައިއޯޑީއޭ ތައާރަފުކުރުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި، މިކަމުގެ ސަބަބުން ފަތުރުވެރިންނަށް ކަނޑުގެ ސަރަޙައްދުގެ ހިތްގައިމު ރީތިކަން ދެނެގަތުމުގެ އިތުރު ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށެވެ.

ދިވެހިރާއްޖެ އަކީ މިހާރު ފަތުރުވެރިންގެ މެދުގައި ޑައިވިން އަށް ވަރަށް މަގުބޫލު މަންޒިލެކެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާތަކުގައި ގިނަ އަދަދެއްގެ ޑައިވިން ސްކޫލްތައް ހިންގާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން