އިއްޔެ ކުރިއަށް ދިޔަ ބައި އިލެކްޝަނެއްގައި ވޯޓު ކަރުދާސްކޮޅު ހިފައިގެން ބޭރަށް ނުކުންނަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ޒަކަރިއްޔާ ހަސަން "ރަސް" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ނ. މިލަދޫގައި ކުރިއަށް ދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ތެރެއިން ކަމަށެވެ.
ވޯޓު ކަރުދާސް ހިފައިގެން ބޭރަން ނުކުންނަން އުޅުނީ ވޯޓު ލާން ދިޔަ ފިރިހެނެއް ކަމަށާއި އެކަން ކުރީ ގަސްދުގައި ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.
އެހެންވެ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅި ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ހައްޔަރުނުކުރާ ކަމަަށް ވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.
މިލަދޫގައި ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ.
އިއްޔެ 12 ބައި އިލެކްޝަނެއް ކުރިއަށްދިޔަ އެވެ. އޭގެރެއިން 9 ބައި އިލެކްޝަން ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުން ނެވެ.

ކިޔުންތެރިންގެ ހިޔާލު