ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާ ދިން ދެ މީހަކު ހައިވޭއިން ދަނިކޮށް ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ހީނާމާގެ/ގދ. ފިޔޯރީ، ރުސްތުމް އިބްރާހިމް (25އ.) އާއި ފިނިފެންމާގެ/ ބ. ގޮއިދޫ، ސައިފްﷲ ފައިޞަލް، (18އ) ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެ ދެ މީހުން ރޭ 11:33 ކަންހާއިރު ސައިކަލުގައި ގޮސް ހަމަލާ ދިނީ ހުޅުމާލެ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށެވެ.
އެ ދެ މީހުން ފިލަން މާލެ ދަނިކޮށް ހައިވޭއިން ހުއްޓުވައި އަތުލައިގަތް ކަމަށާއި އެ މީހުންގެ އަތުން ކޯރާޑިއާއި ވަޅިވެސް ފެނުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޯރާޑިއަކުން ދިން އެ ހަމަލާގައި ޒަހަމްވި މީހާއަށް ހުޅުމާލޭގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ފަހުން ދޫކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު