ސްޓްރޯކެއް ޖެހިފައިވާ މީހަކަށް މަސްތުގެ ތުހުމަތުކޮށް ފުލުހުން އަމަލުކުރި ގޮތް ބަލަމުން ދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މަސްތުގެ ހާލަތުގައި އިނދެގެން މީހަކު އުޅަނދެއް ދުއްވާކަމުގެ މައުލޫމާތު އިއްޔެ 10:13 ހާއިރު އެ އިދާރާއަށް ލިބުނުކަމަށެވެ. އަދި މި ކަން ބެލިއިރު އެމީހާ ދުއްވި ވޭން ހުޅުމާލޭ ފިތުރޯނުމަގުން އަރިމައްޗަށް އަރައި އެކްސިޑެންޓު ވެފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރަށް މި މައްސަލަ ބެލިއިރު އެ އުޅަނދު ފޭސް ދޭކާއި އެކެއް ގުޅުވައިދޭ ބްރިޖުގެ ޑިވައިޑަރުގައި ޖެހި އެކްސިޑެންޓް ވެފައިވާކަންވެސް އެނގުނުކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މަސްތުގެ ޙާލަތުގައި އިންކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޑްރައިވަރުގެ ކުޑަކަމުދާ ތަކެތި ތަހުލީލުކުރުމަށް ފަހު ނެގެޓިވް ވުމުން އެމީހާ ދޫކޮށްލި ކަމަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އަމަލުކޮށްފައިވާ ގޮތް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައި ވާނަމަ ނުވަތަ އިހުމާލެއް ވެފައި ވާނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއްނަމަ އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ސްޓްރޯކެއް ޖެހިފައިވާ މީހަކަށް މަސްތުގެ ތުހުމަތުކޮށް ފުލުސް އޮފީހުގައި ހަ ގަޑިއިރު ވަންދެން ބެހެއްޓި ކަމަށް ބުނާ ޚަބަރެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެގޮތުން މީސްމީޑިއާގައި މީހަކު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ޑްރައިވަރަކީ ހިތުގެ ބަލިމީހެއްކަން ތަކުރާރުކޮށް ފުލުހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް 6 ގަޑިއިރު ވަންދެން ފުލުހުން އެކަމަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާ ކަމަށެވެ. އަދި ފަހުން ޑޮކްޓަރަށް ދެއްކުމުން އެ ޑްރައިވަރަށް ސްޓްރޯކެއް ޖެހިފައިވާކަން އައިޖީއެމްއެޗުން ކަށަވަރުކޮށްދިން ކަމަށް އެ ޕޯސްޓުގައިވެއެވެ.
އޭގެ އިތުރުން ފުލުހުން ވަނީ އެމީހާ ދުއްވި ވޭން ވެސް ޓޯކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު