ކުރިއަށް އޮތް ރޯދަމަހު ކެފޭތަކާއި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާންމު ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން މި ރޯދަ މަހު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ.
އަދި ހަ ރޯދަ ދުވަސްވަރު އެތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މުދާ ވިއްކާ ފިހާރަތައް ފެބްރުއަރީ 15 އިން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ރޯދަމަހާއި ހަރޯދަ ނިމެންދެންވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަކީ މިއީއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަތްތަކުގައި ހިންގާ 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން ހިމެނޭހެން ހުރިހާ ތަނެއްވެސް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ މި ގަޑިތަކުގައި ކަމަށް ވުމުން، މިގޮތަށް އަމަލު ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު