ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ފްލެޓުތަކުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ހާޒިރު ކުރަން ނިންމައިފިއެވެ.
މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް މާދަމާ ފަށާއިރު، މާލިއްޔަތު ކޮމިޓީއަށް އޮޑިޓާ ޖެނަރަލް ހާޒިރުކުރަން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 12:30 އަށެވެ.
ޕޮލްކޯ ފްލެޓުތަކުގެ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅީ އޮޑިޓާ ޖެނެރަލް އޮފީހުންނެވެ. އަދި މި މައްސަލައާ ގުޅިގެން އޭސީސީއިން މީގެ ކުރިން ވަނީ ޕޮލްކޯގެ އޮފީސް ބަލައިފާސްކޮށް، ބައެއް ލިޔުންތައް ގެންގޮސްފައެވެ.
މި މައްސަލަ މިހާރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބަލަން ފަށާފައިވާއިރު، އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓާ ގުޅިގެން މާލިއްޔަތު ކޮމިޓީން ވަނީ ގިނަ މައުލޫމާތުތަކެއް އެއްކޮށްފައެވެ.
ޕޮލްކޯއިން ހުޅުމާލޭގެ ފުރަތަމަ ފޭސްގައި "ބްލޫސް ހައުސިން" ގެ ނަމުގައި ތަރައްގީކުރި ފްލެޓް މަޝްރޫޢުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، މަޝްރޫޢު ހިންގުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު ނިމިފައިވާ މަސައްކަތްތަކަށް ފައިސާ ދޫކުރުމުގެ ބަދަލުގައި އެކި ގޮތްގޮތުން ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކޮށްފައިވާކަމަށް ބުނެފައި ވެއެވެ.
އަދި މި މަޝްރޫޢަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މަޝްރޫޢުން 355 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށްވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން، މަޝްރޫޢުގެ މަސައްކަތް ލަސްވެ، ކޮންޓްރެކްޓަރަށް ފައިދާވާގޮތަށް އަދި ދައުލަތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަންކަން ހިނގަމުންދިޔައިރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑާއި އިސްވެރިން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އިހުމާލުވެފައިވާތީ، އެފަރާތްތައް ޒިންމާދާރުކުރުވުމަށްވެސް އޮޑިޓް އޮފީހުން ވަނީ ގޮވާލާފައެވެ.
އޮޑިޓު އޮފީހުން ބުނީ މުޅި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު މަތިން ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި ނިންމާ މަސައްކަތަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި އެ ފަރާތްތަކަށް ފައިސާ ދައްކާފައިވާތީ، މި މުއާމަލާތްތަކުގެ ތެރެއިން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު