ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިންމުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިންއާ މަޝްވަރާކުރައްވައިފިއެވެ.
ފޯނުން ކުރިޔަށް ގެންދިޔަ މި މަޝްވަރާއަށްފަހު ޓްރަމްޕު ވިދާޅުވީ ޕުޓިން ބޭނުންފުޅުވަނީ މީހުން މަރުވަމުންދިއުން ހުއްޓުވަން ކަމަށެވެ. އެމެރިކާގެ ރައީސް އަކާ ޕޫޓިންއާ ދެމެދު އެންމެ ފަހުންވެސް ސީދާ މުޢާމަލާތެއް ބޭއްވިފައި ވަނީ 2022 ވަނަ އަހަރުގައެވެ.
ބޭރުގެ މީޑިޔާ، ނިއު ޔޯކް ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ ޕުޓިންއާއެކު ކިތައް ފަހަރު ވާހަކަދެއްކެވިކަން ހާމަކުރައްވަން ރަނގަޅުނުވާނެ ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޓްރަމްޕް ވަނީ ޔުކްރެއިންގެ ހަނގުރާމަ ނިންމަވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް އެކަން ކުރައްވާނެ ގޮތެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. މިދިޔަ ހަފްތާގައި ޓްރަމްޕް ވިދާޅުވެފައިވަނީ މި ހަނގުރާމައަކީ ލޭއޮހޮރުވުމެއް ކަމަށާއި، އޭނާގެ ޓީމުން ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ.
ޔުކްރެއިންގެ އިރުމަތީ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރުއެވެ. މި ހަނގުރާމައަށްވެސް އެމެރިކާއިން ޔުކްރެއިން އަށް އެހީވަމުންދާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު