ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ނެރެން އެހީވުމުގެ ގޮތުން އެފަދަ މީހުންނަށް ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިކަމަށް ހިންގާ ވޯކްޝޮޕްގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 13 އާ ހަމައަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށް ދިނުމުގެ ޕްރޮގްރާމް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދޭން ސޯޝަލް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

މިނިސްޓްރީން ދަނީ ސަރުކާރުގެ އެކި ކުންފުނިތަކުން ވެސް އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެމުންނެވެ. އަދި އެކި ކުންފުނިތަކާއި ރިސޯޓްތަކާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންޓަރންޝިޕް ޕްރޮގްރާމްތައް ވެސް މިނިސްޓްރީން ދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން