ޒަހީނުއްދީން ސަޢީދު   3 ސެޕްޓެމްބަރު 2020 - 17:34
މާލޭގެ ސުކޫލަކަށް ދަރިވަރުން ހާޒިރުވަނީ
މާލޭގެ ސުކޫލަކަށް ދަރިވަރުން ހާޒިރުވަނީ
ކޮވިޑާއި ގުޅިގެން މާލޭ ސިޓީގެ ސްކޫލްތައް ބަންދުކޮށްފައި އޮތް މުއްދަތު އަނެއްކާވެސް ދެހަފުތާއަށް އިތުރުކުރުމަށް ނިއްމައި އެކަން އިއުލާންކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް، އެޗްޕީއޭ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް ދެ ހަފުތާގައިވެސް (6 ސެޕްޓެމްބަރ 2020 އިން 17 ސެޕްޓެމްބަރު 2020 އަށް) ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުން ދެ ހަފްތާ ފަހުން މުރާޖަޢާ ކުރެވޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު މަހުގެ 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައި ކިޔަވައިދޭން ފެށީ މިދިޔަ ޖުލައި 1 ގަ އެވެ. އެކަމަކު، ކޮވިޑުގެ ކޭސްތައް އަލުން އިތުރުވާން ފެށުމާއެކު، މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު ދެ ހަފުތާއަށް ބަންދުކޮށް މިދިޔަ މަހުގެ 9 އިން ފެށިގެން ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށާފައެވެ.

މާލެ ސަރަހައްދުގައި ކިޔަވައިދޭން ފެށީ ވެސް ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް، މިދިޔަ މާޗު މަހުން ފެށިގެން ކިޔަވައިދެނީ އޮންލައިންކޮށެވެ. އެކަމަކު، ރަށްރަށުގެ ސްކޫލުތަކުގައި ކުރިއެކޭ އެއްގޮތަށް ގްރޭޑު 1 އިން 12 އާ ހަމައަށް ކިޔަވައިދެ އެވެ.

ލޮކްޑައުނަށް ދިން ބޮޑެތި ލުއިތަކާއެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ އެ ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ އަދަދު 8،000 އިން މައްޗަށް މިހާރު ވަނީ އަރާފައެވެ. އެބަލީގައި 29 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން