ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި ހިންގި ކްރިޕްޓޯ ކަރަންސީ ސްކޭމެއް ހުއްޓުވައިފި އެވެ.
ރައީސް މުއިއްޒު ކްރިޕްޓޯ ކަރަންސީއެއް ތައާރަފްކޮށްފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ ނަމުގައި ފޭކް އެކައުންޓެއް އެކްސްގައި ދިޔައީ ހިންގަމުން ނެވެ.
ނަމަވެސް ކްރިޕްޓް ކަރަންސީގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ "ދަ ނިއުސް ކްރިޕްޓޯ"އިން ވަނީ އެއީ ރައީސް މުއިއްޒުގެ ނަމުގައި ފޭކު ބަޔަކު ހިންގަމުންދާ އެކައުންޓެއްކަމަށް ބުނެ ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
"ދަ ނިއުސް ކްރިޕްޓޯ"އިން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ ރައީސް މުއިއްޒުގެ އަސްލު އެކައުންޓްވެސް ޓެގްކޮށްފަ އެވެ.
ރައީސް މުއިއްޒުގެ ފޭކް އެކައުންޓް މިހާރު އެކްސްއިން ވަނީ ބްލޮކްވެސްކޮށްފަ އެވެ.
އެ މައްސަލައިގައި ރައީސް އޮފީހުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
އެކި މީސްމީހުންގެ ނަން ބޭނުންކޮށްގެން ސްކޭމް ކުރުމުގެ މައްސަލަ ރާއްޖޭގައި މިހާރު ވަރަށް ބޮޑެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ނަންފުޅުގައި އެފް ބީގައި ދާދި ފަހުން ހިންގި އެފަދަ ސްކޭމެއް ފާހަގަ ކުރެވިގެން އެމަނިކުފާނު ވެސް ވަނީ ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު