ފުލުހުންގެ ޤާނޫނުގައިވާ ގޮތުގެ މަތިން ޕޮލިސް ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އާއްމު ފަރާތްތަކަށް މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ގެ 75 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް، އެ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ޢާންމު ރައްޔިތުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 2 މެންބަރުން އައްޔަނުކުރަން ޖެހެއެވެ.
މި ޤާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑަށް އައްޔަނު ކުރެވޭ މެމްބަރުންނަކީ ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ޤާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ އެ ޤާނޫނުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން 4 އަހަރުދުވަހެވެ.
މި ބޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެފަރާތުގެ ވަނަވަރާއި، ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ލިބިފައިވާ މަސައްކަތު ތަޖުރިބާގެ މަޢުލޫމާތު މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
މި މަގާމަށް އެދި ހުށަހެޅުމުގެ ސުން ގަޑިއަކީ 24 ފެބްރުއަރީ 2025 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
ސުންގަޑި ހަމަވުމުގެ ކުރިން ފޯމު ފުރިހަމަ ކުރުމަށްފަހު ކުށުގެ ރެކޯޑު ފޯމާއެކު އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ މަޖިލީހުގެ އިދާރާއަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ޕޮލިސް ބޯޑަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި، އެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް އެކުލަވާލާ ބޯޑެކެވެ.
މިއީ 7 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ރައީސް އައްޔަންކުރައްވާ 2 މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންނާއި އަދި އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު