މަރްޔަމް ނަހްދާ ވަޙީދު   10 ފެބްރުއަރީ 2025 - 17:24
ސްޓެލްކޯ ޓަވަރުތައް- ގޫގުލް އިމޭޖެސް
ސްޓެލްކޯ ޓަވަރުތައް- ގޫގުލް އިމޭޖެސް
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސްޓެލްކޯ ޓަވަރަކުން ވެއްޓި، ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ "ސީ" ޓަވަރުގެ ބިއްދޮށްފަޅީގައި ޒުވާނަކު ވެއްޓިފައި އޮއްވާ ފެނިގެން ފުލުހުން އެތަނުގައި ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

އެގޮތުން ވެއްޓިފައި އޮއްވާ ފެނިފައިވަނީ ހ. ގިނިހިރާގެ އާގެ، އުމުރުން 24 އަހަރުގެ އިބްރާހިމް ޝަރަފް އެވެ.

ފުލުހުން ބުނީ އެ ޒުވާނާ ފެނުނު އިރު އޮތީ މަރުވެފައި ކަމަށެވެ.

އޭނާ ވެއްޓެން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން