ރައްޔިތުން ގުނބޯ ހައްދައި ސަރުކާރާއި " ތޮޅެން" ނޫޅުމަށް ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ގޮވާލައްވައިފިއެވެ.
ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެޕާޓީން އޮތީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރާއި އެކުގައި ވަރަށް ސާބިތު ކަމާއި އެކުގައި ކަމަށެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތި އުދަނގޫ ހާލަތުގެ ނާޖާއިޒު ފައިދާ އެއްވެސް ފަރާތުން ނުނެގުމަށް ސައުދު ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.
" ގައުމު ދެކެ ލޯބިވާ އެއްވެސް ބަޔަކު މިހާލަތުގައި ސިޔާސީ މަންފާ ހާސިލް ކުރުމަށް ގައުމު ހަލަބޮލި ކުރަން ނޫޅޭނެ." ސައުދު ވިދާޅުވިއެވެ.
ސައުދު މިހެން ވިދާޅުވީ ގައުމު ވިއްކާލަނީ ކަމަށް ބުނެ އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން މުޅި ރާއްޖެއާއި މާލޭގައި އިހްތިޖާޖްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ކޮވިޑާއި ގުޅިގެން މިދަނޑިވަޅުގައި އެއްވުން ތަން ނުބާއްވަން އެޗްޕީއޭ އިން އިލްތިމާސްކޮށްފައި ވީ ނަމަވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ އެއްވުންތައް ބާއްވައި ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.
މީގެ އިތުރުން އިންޑިޔާ ސިފައިން ރާއްޖެ އިން ބޭރުކުރުމަށް ގޮވާލާ "އިންޑިޔާ އައުޓް" މިނަމުގައި ޝޯޝަލް މީޑިޔާގައި މިހާރު ވަނީ ކެމްޕޭނެއްވެސް ފަށާފައެވެ. އެ ކެމްޕޭނާއި ގުޅިގެން އެމްޑީޕީ އާއި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ޝޯޝަލް މީޑިޔާގައި އިންޑިޔާ ދިފާއުކޮށް ކެމްޕޭން ކުރަމުންދާ ކަންވެސް ފާހަގަކޮށްލެވެއެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު މިހާރު ކުރެވެމުންދާ އެންމެ ވާދަވެރި ބަހުސަކީ އިންޑިޔާއިން ދޭ އެހީއާއި އިންޑިއާއާއެކު މިސަރުކާރުން ބާއްވާ ގުޅުމާއި މެދު ކުރެވޭ ބަހުސެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުންނަމަ މި ސަރުކާރަށް އިންޑިއާއިން ދޭ އެހީތަކާއި ބާއްވާ ގޮތްނޭނގޭ ގުޅުންތަކުގެ ފަހަތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފާނެ ކަންތައްތަކެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު